އިންޑިއާގެ ޓާޓާ ކުންފުނީގެ ޗެއާމަންކަމުން ސައިރަސް މިސްޓްރީ ވަކިކުރިތާ ތިން މަސް ފަހުން، އެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފިއެވެ.

ޓާޓާއިން ހާމަކުރާ ގޮތުގައި، ޓާޓާ ގްރޫޕުގެ ހޯލްޑިންގް ކުންފުނި، ޓާޓާ ސަންސްގެ ޗެއާމަންކަމަށް ހަމަޖައްސާފައި ވަނީ ނަޓަރާޖަން ޗަންދްރަސޭކަރަންއެވެ. ޗަންދްރަސޭކަރަންއަކީ، ޓާޓާ ކޮންސަލްޓަންސީ ސާވިސެސް ކުންފުނީގެ ސީއީއޯ އެވެ.

ޗަންދްރަސޭކަރަން ޓާޓާ ކުންފުންޏާ ގުޅުނީ 1987 ވަނަ އަހަރުއެވެ. އޭގެ ފަހުން، އެކުންފުނީގެ އެކި މަގާމުތަކުގައި އުޅުއްވުމަށްފަހު، ޓާޓާ ކޮންސަލްޓަންސީ ސާވިސެސްގެ ސީއީއޯކަމަށް އޭނާ އައްޔަނުކުރެވިގެން ދިޔައީ 2009 ވަނަ އަހަރުއެވެ.

ޓާޓާ ސަންސްއިން ނެރުނު ބަޔާނުގައި ބުނާ ގޮތުން، ޓާޓާގެ އާ ޗެއާމަންކަމަށް ޗަންދްރަސޭކަރަން އައްޔަނުކުރުމަށް ހުށަހެޅި އެ ކުންފުނީގެ މުޅި ބޯޑުގެ ރުހުމާ އެކުގައި ކަމަށެވެ. ކުންފުނީގެ ބޯޑުން ބުނި ގޮތުގައި، ޓާޓާގެ ޗެއާމަންގެ މަގާމާ ޗަންދްރަސޭކަރަން ހަވާލުވާނީ، އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ޓާޓާގެ ޗެއާމަންކަމުގައި މީގެ ކުރިން ހުރި ސައިރަސް މިސްޓްރީ އެމަގާމުން ވަކިކުރީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޓާޓާއިން ބުނި ގޮތުގައި، ސައިރަސް ވަކިކުރީ ޓާޓާ ސަންސްގެ ބޯޑަށް އޭނާގެ އިތުބާރު ގެއްލިގެންނެވެ. އެއަށް ފަހު، އެކުންފުނީގެ ޗެއާމަންކަމާ ވަގުތީ ގޮތުން ހަވާލުވީ ރަތަން ޓާޓާއެވެ.

ޓާޓާއިން މީގެ ކުރިން ޓާޓާގެ ބޯޑުން ބުނެފައިވަނީ، ސައިރަސް އޭނާގެ ޗެއާމަންކަމުގެ ދައުރުގައި މަސައްކަތް ކުރީ ޓާޓާގެ ސަގާފަތްތަކާ އިދިކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ޓާޓާއިން ބުނީ، ސައިރަސްގެ ޗެއާމަންކަމުގެެ ދަށުން ޓާޓާ ސްޓީލް ޔޫރަޕް، ޓާޓާ ޓެލެސާވިސެސް އަދި ޓާޓާ މޮޓޯސްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މުޅި ވިޔަފާރި ގްރޫޕުގެ މާލީ ހާލަތު ރަނގަޅުކަމަށް ދައްކާފައި ވަނީ ޓީސީއެސްއާއި ޓާޓާ މޮޓޯސްގެ ސަބްސިޑަރީ، ޖެގުއާ ލޭންޑް ރޯވަގެ ޕަފޯމަންސް ރަނގަޅުވުމުން ކަމަށް ޓާޓާ ގްރޫޕުން ބުނެއެވެ.

ސައިރަސް އެ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި ބުނި ގޮތުގައި އޭނާ ވަކިކުރުމަށްފަހު ވަގުތީ ޗެއާމަންކަމަށް އައްޔަނުކުރި ރަތަން ޓާޓާ ވަނީ، ސައިރަސްގެ ޗެއާމަންކަމުގެ ދައުރުގައި އޭނާގެ ނިންމުންތަކަށް ެވެ.