އެމެރިކާގެ ރައީސް، ބަރަކް އޮބާމާގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އިރާނަށް ދޭ ހަދިޔާއެއްގެ ގޮތުގައި 130 ޓަނުގެ ޔޫރޭނިއަމް ދޭން އެމަނިކުފާނު ނިންމަވައިފި އެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން މި ޔޫރޭނިއަމް ހަދިޔާ ކުރަނީ އެ ގައުމުގައި ނިއުކްލިއާ ހަރަކާތްތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުންނެވެ. މި ޔޫރޭނިއަމް ބޭނުންކޮށްގެން އިރާނުގައި އެޓޮމިކް ބޮމެއް ވެސް ހެދިދާނެ އެވެ.

ކާކުކަން ނޭނގޭ ގޮތަށް އެމެރިކާގެ ދެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި މި ޔޫރޭއިމް އަކީ ރަޝިއާ މެދުވެރިކޮށް އެމެރިކާއިން އީރާނަށް ހަދިޔާކުރާ ތަކެއްޗެވެ. އަދި މިތަކެތި އީރާނަށް ފޮނުވުމުގެ ހުއްދަ އެމެރިކާއިން ދީފައިވާ ކަމަށާއި، އދ.ގެ ހުއްދަ ލިބުމާއެކު އެތަކެތި އީރާނަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން ހަދިޔާ ކުރާ މި ޔޫރޭނިއަމް ބޭނުންކޮށްގެން އާދައިގެ ނިއުކްލިއާ 10 ބޮން އުފެއްދިދާނެ އެވެ.