12 Jan 2017, 15:51
އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފު" ބަނުމުގެ މަސައްކަތް ކުރުމަށް ފަހު، އޭގެ އަޖުމަ ބެލުމަށް ޓަކައި ކަނޑަށް ބާލައިފި އެވެ.
މަހާ ޖައްރާފު ޑްރެޖަރަކީ، 36 މިލިއަން ޑޮލަރުގެ އަގުހުރި
ޗައިނާގެ ނަންޓޮންގްގައި ހުންނަ، ނަންޓޮންގް ރެއިންބޯ މެރިން ޓެކްނޮލޮޖީ ކުންފުނީގެ ބޯޓުޔާޑުގައި ބަން އެ ޑްރެޖަރު މިއަދު ވަނީ ކަނޑަށް ބާލައިފަ އެވެ. އެ ބޯޓު ކަނޑަށް ބޭލީ، ބަނުމަށް ފަހު ކަނޑުގައި ހަދަން ޖެހޭ، ޑްރެޖަރުގެ ޓެސްޓުތައް ހެދުމަށެވެ.
އެމްޓީސީސީ އިން ބުނެފައި ވަނީ، މިއަހަރުގެ ޑްރެޖަރު ރާއްޖެ ގެނެވޭނެ ކަމަށެވެ.
"މަހާ ޖައްރާފް" ޑުރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.
އެމްޓީސީސީއިން ބުނާ ގޮތުގައި އެކުންފުންޏަށް ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމަކީ، މިވަގުތު ބައިނަލްއަގުވާމީ ކުންފުނިތައް ލައްވާ ރާއްޖޭގައި ކުރުވާ ވަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް އެމްޓީސީސީއަށް ވާދަ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އަދި ސަރަހައްދީ ގައުމުތަކުގައި ހިންގާ މިފަދަ މަޝްރޫއުތައް ވެސް އެ ޑްރެޖަރު ބެނުންކޮށްގެން، އެމްޓީސީސީ އިން ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
Undocking of hopper suction dredger “Mahaa Jarraafu”pic.twitter.com/iyhm8WpBhT
— MTCC Plc (@MTCCPlc)January 12, 2017