ގަވައިދާ ޚިލާފަށް އިންޑިއާ އިން ބޭރުކުރަން ތައްޔާރުކޮށްފައި ހުރި، 6،000 އަށް ވުރެ ގިނަ ކަހަނބު އެގައުމުގެ ސިފައިން ހޯދައިފި އެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި، ގަންގާ ކޯރުގެ ކޯރުގެ އައްސޭރިން ހިފާފައިވާ، 6،000 އަށް ވުރެ ގިނަ ކަހަނބު ފެނިފައި ވަނީ، އުއްތަރު ޕްރަދޭޝްގެ އަމެތީ ޓައުންގައި، ގޯނިތަކަކަށް އަޅާފައި ހުއްޓަ އެވެ. އެތަކެތި ތައްޔާރުކޮށްފައި ހުރީ، ކޯލްކަޓާއަށް ގެންދިއުމަށް ފަހު، އިރުމަތީ އޭޝިއާގެ ގައުމަކަށް ގަވައިދާ ޚިލާފަށް ބޭރުކުރުމަށެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި މިތަކެތީގެ ބަރުދަން ހަތަރު ޓަނަށް ވުރެ އިތުރެވެ. މިއީ އިންޑިއާގެ ތާރީޚުގައި ވެސް، މިފަދަ ގޮތަކަށް އެއްފަހަރާ އެންމެ ގިނައިން ކަހަނބު ހޯދި ފަހަރެވެ.

ފްލެޕްޝެލް ޓާޓަލް ނަމަކަށް ކިޔާ މި ކަހަނބަކީ، ރީތި ފެނުގައި ދިރިއުޅޭ އެއްޗެކެވެ. ނުވަ ކިލައަކީ، ކޯރުތަކަށް ނުވަތަ ފެންގަނޑުގައި ހުންނަ، މަރުވެފައިވާ ޖަނަވާރުގެ ބައިތައް ކައިގެން، ފެންގަނޑު ރީތިކޮށް ބަހައްޓައިދޭ ޖަނަވާރެކެވެ.

މި މައްސަލާގައި އެކަކު ހައްޔަރުކޮށްފައިވެ އެވެ.

ފްލެޕްޝެލް ޓާޓަލްއަކީ ދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮތް ކަހަނބެއް ނޫނެވެ. ނަމަވެސް މި ކަހަނބަކީ ވަރަށް ގިނައިން ގަވައިދާ ޚިލާފަށް އޭގެ ވިޔަފާރި ކުރެވޭ އެއްޗެކެވެ.

އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މި ކަހަނބުގެ އަގު ވަރަށް ބޮޑެވެ.