22 Jun 2011, 13:04
ޔޫރަޕްގައި ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރު ހަލުވި ކަމާއެކު ކުރިއަށްދާ ދަޑިވަޅުގައި ޓްރާންސްފާގެ ބަޖެޓް ކުޑަކުރީ، ބާސާގެެ ދަރަނިތައް ކުޑަކުރުމުގެ ގޮތުން ކަމަށް އެކުލަބްގެ ރައީސް ސެންޑްރޯ ރޮސެލް ބުނެފައިވާ ކަމަށް ރިޕޯޓް ތަކުން ބުންފި އެވެ.
ކުރިއަށް އޮތް ސީޒަން ފެށެންވާއިރަށް ދަރަނިތައް ކުޑަ ކުރަން ރައީސް ސެންޑްރޯ ރޮސެލް، ކޯޗް ޕެޕް ގާޑިއޯލާއަށް އަންގާފައި ވާއިރު، އިނގިރޭސި މީޑިއާ ބުނެފައި ވަނީ، ބާސާގެ ދަރަނިތައް ކުޑަކުރުމުގެ ގޮތުން މިފަހަރުގެ ސީޒަނަށް ކުޅުން ތެރިން ގަތުމުގައި ވަރަށް ވިސް ނާނެ ކަމަށެވެ. އެގޮތުން ވީހާވެސް ހެޔޮ އަގެއް ގައި މޮޅެތި ކުޅުން ތެރިން ހޯދަން ބާސާ އިން މަސައްކަތްކުރާ ކަމަށެވެ. ބާސާގެ ބައެއް ކުޅުން ތެރިން ވެސް އެހެން ކުލަބް ތަކަށް ވިއްކާލުމަށް މަޝްވަރާތަކެއް ކުލަބުން ވަނީ ކޮށްފަ އެވެ. އެ މަޝްވަރާތަކުގައި ފޯވާޑް ޑޭވިޑް ވިޔާ މެންޗެސްޓާ ސިޓީ ނުވަތަ ޗެލްސީ އަށް 40 މިލިއަން ޕައުންޑަށް ވިއްކާލަން ބާސާ ބޭނުންވާ ކަމަށް ވެއެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މިރާ އިން ބުނީ ބާސެލޯނާގެ ޓްރާންސްފާ ބަޖެޓަށް، އެ ކްލަބުން ގެންނަން ބޭނުންވާ ކުޅުންތެރިންގެ އަގު ނުފެތޭތީ ޑޭވިޑް ވިޔާ ވިއްކާލުން ނޫން ގޮތެއް ބާސެލޯނާ އަށް ނެތް ކަމަށެވެ. އަދި ބާސާއިން ގެންނަން މަސައްކަތްކުރަނީ އާސެނަލްގެ ކެޕްޓަން ސެސް ފެބްރެގާސް އާއި އުދިނޭސީގެ އެލެކްސިސް ސަންޗޭޒް އަދި ވިޔަރެއާލުގެ ޖިސެއްޕޭ ރޮސީ އެވެ.