22 Jun 2011, 12:24
ދިވެހި ޓްރެވެލް އޭޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބީޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯގައި ބައިވެރިވެއްޖެ އެވެ.
ޗައިނާގެ ވެރިރަށް ބީޖިންގައި މި މަހު 17 އިން 19 އަށް ބޭއްވި ބީޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ )ބައިޓް( ގައި މަޓާޓޯއާއެކު ރާއްޖޭގެ 16 ކުންފުންޏަކުން ބައިވެރިވި އެވެ.
މަޓާޓޯ އިން ބުނީ ފެއާގައި ބައިވެރިވީ ރާއްޖެއަށް ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރުކޮށް ޗައިނާ މާކެޓްގައި ދިވެހި ޓްރެވެލް އޭޖެންޓުންގެ ރޯލް ފުޅާކުރުމަށް ކަމަށެވެ. ރާއްޖެއާ ގުޅިގެން ވިޔަފާރިކުރާ ޗައިނާގެ ޓްއަ އޮޕަރޭޓަރުންވެސް މަޓާޓޯ އެޕްރޫވްކުރާ ޓްރެވެލް އޭޖެންޓުންނާއެކު މުއާމަލާތް ކުރުމުގެ މުހިންމުކަން ވިސްނައިދިނުން ވެސް ފެއާގައި ބައިވެރި މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.