12 Jan 2017, 09:20
ޖަޕާނުގެ ޔޮކަހާމާ އެފްސީ އަށް ކުޅެމުން އަންނަ އުމުރުން 49 އަހަރުގެ ކަޒަޔޯ ޝިމިޔޯރާ އިތުރު އެއް އަހަރު އެޓީމްގައި މަޑުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.
ބްރެޒިލްގެ ސަންޓޯސް އިން 1986 ވަނަ އަހަރު ކްލަބް ކެރެއަރު ފެށި ޝިމިޔޯރާ ވަނީ އިޓަލީގެ އެންމެ ދުވަސްވީ ކްލަބް ގިނާއޯގެ އިތުރުން ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްބާގަށް ވެސް ކުޅެފަ އެވެ.
މީގެ 17 އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޝިމިޔޯރާ ވަނީ 1990 އިންް ފެށިގެން 2000 ވަނަ އަހަރާއި ހަމައަށް ގައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
"އުންމީދު ކުރަނީ އަހަރެން ހިތްވަރާއި ޓީމްގެ ކުޅުންތެރިންގެ އެހީތެރިކަމާ އެކު ސަޕޯޓަރުން ބޭނުންވާ ކަހަލަ ކުޅުމެއް ދެއްކޭނެ ކަމަށް،" 2005 ވަނަ އަހަރު ޔޮކަހާމާއާ ގުޅުނު ޝިމިޔޯރާ ބުންޏެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ޝިމިޔޯރާ ހިމެނެނީ ޖަޕާނުގެ އެންމެ ދުވަސްވިީ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ ހަތަރު ވަނަ އަށެވެ. އެންމެ ދުވަސްވީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ބީބީސީ އިން ރިޕޯޓް ކޮށްފައި ވަނީ އިނގިރޭސި ރީޑިން އެފްސީގެ އުމުރުން 57 އަހަރުގެ ގޯލު ކީޕަރު ޑޭވް ބީސެންޓް އެވެ.