މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ ޑެޕިއުޓީ ކޮމިޝަނާ ކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ. މިގޮތުން، ޑެޕިއުޓީ ކޮމިޝަނަރު ފޮ ސެންޓްރަލް ކަސްޓަމްސް ރީޖަން ކަމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ގިރީތެރޭގޭ މުޙަންމަދު ކަމާލެވެ. ޑެޕިއުޓީ ކޮމިޝަނަރު ފޮ ސަދަން ކަސްޓަމްސް ރީޖަން ކަމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ހާގޯށި ފާތިޙު ޢަލީ އެވެ.

މި ދެ ބޭފުޅުން މިހާތަނަށް ތިއްބެވީ ވެސް ކަސްޓަމްސްގެ ވަޒީފާގަ އެވެ. މުޙަންމަދު ކަމާލު ހުންނެވީ، ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ. ފާތިޙު ޢަލީ ހުންނެވީ ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ.