ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ރާއްޖޭގެ ޓީމް ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗް ރާއްޖޭގެ ޓީމް ކާމިޔާބު ކުރީ 5 ލަނޑު 3 ލަނޑުން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައިވަނީ ޑީއާރްޕީގައި ހުންނެވުމަށް ފަހު އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަހީދު އެވެ.

މި މެޗަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުޅެވުނު މެޗެކެވެ.

މިމެޗުގެ ޝަރަފުވެރި މެޙުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދެވެ.