19:00


ނޮވެލްޓީގެ ބުކް ފެއާރ 2010 ގެ ތިން ލައްކަ ރުފިޔާގެ އިނާމްގެ ނަސީބުވެރިއަކަށް ހެންވޭރު ލާޖް ވަރުދީ މަސްތޫގް އަލީ ސާދިގް ވެއްޖެ އެވެ.


މިދިޔަ މަހުގެ އެކަކުން 10 އެއްގެ ނިޔަލަށް ދަރުބާރުގޭގައި ބޭއްވި ނޮވެލްޓީ ބުކްފެއާގެ ނަސީބު ކޫޕަންތަކުގެ ތެރެއިން ގުރުއަތުން މަސްތޫގް ގެ ނަން މިއަދު މެންދުރު ފަހު ދިޓީވީން ވަގުތުން ދެއްކި ޕްރޮގްރާމެއްގައި ނެގިއިރު އޭނާ އިނީ އެ ޕްރޮހްރާމް ބަލާކަށް ނޫން ކަމަށާއި އެނާ ގާތު އެވާހަކަ ފުރަތަމަ ބުނީ ރައްޓެހިންތަކެއް ކަމަށް މަސްތޫގް ބުންޏެވެ. އަދި އެމީހުން އޭނާގެ ނަން ނޮވެލްޓީގެ ބުކްފެއާގެ ގުރުއަތުން ހޮވައިގެން ޓީވީން ދެއްކި ކަމަށް ބުނުމުން ފުރަތަމަ ހީކުރީ އެމީހުން އެނާ ހައްދަނީ ކަމަށާއި ނަމަވެސް ފަހުން ދިޓީވީން ގުޅާފައި އެނާއަށް އެޚަބަރު ދިނުމުން ބުނެދޭން ވެސް ނޭނގޭ ހާ އުފާވި ކަމަށް މަސްތޫގް ބުންޏެވެ.


ނޮވެލްޓީގެ ބުކް ފެއާއަށް މަސްތޫގު ދިޔައީ އާދައިގެ މަތިން ބުކް ފެއާއެއް ބާއްވާއިރަށް ދާ އުސޫލުން ކަމަށާއި އޭނާ އެދުވަހު ބުކް ފެއާ އަށް ގޮސްފައި ގަތީ ހުސް އިނގިރޭސި ވާހަކަ ފޮތްތަކާއި އަންހެނުންނަށް ކެއްކުމާ ބެހޭ ފޮތްތަކެއް ކަމަށް އޭނާ ކިޔައިދިނެވެ.  ޖުމްލަ 600 ރުފިޔާގެ ގޮތް ގަނެގެން ލިބުނު 60 ކޫޕަން ފޮއްޓަށްލާފައި ގެއަށްދިޔައިރުވެސް ދުވަހަކުވެސް މިފަދަ ނަސީބެއް ލިބިދާނެ ހިތައްވެސް އަރާފައި ނުވާ ކަމަށްވެސް މަސްތޫގު ބުންޏެވެ.


ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނޮވެލްޓީ ބުކްޝޮޕުން މަސްއޫދާ އިނާމް ހަވާލު ކުރާނެ ކަމަށް އެ ބުކްޝޮޕުން ބުނެ އެވެ.