10 Jan 2017, 10:07
ދުނިޔޭގެ މަޝްހޫރު ގިނަ ފްރެންޗައިޒް ފުޑް އައުޓްލެޓްތަކެއް ވެލާނާ އެއާޕޯޓަށް އަންނާނެ ކަމުގެ އިޝާރާތެއް އެމްއޭސީއެލުން ދީފި އެވެ.
އެމްއޭސީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓުގެެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޖެޓީއާ ދިމާލުން ތަރައްގީ ކުރާ އިމާރާތެއްގައި، ގިނަ އިންޓަނޭޝަނަލް ފުޑް އައުޓްލެޓް ފްރެންޗައިޒް ބްރޭންޑުތަކެއް ހުޅުވާނެ ކަމަށެވެ.
އަދި ވިދާޅުވީ އެމްއޭސީއެލުން އަށް ފްރެންޗައިޒްއެއްގެ ޝައުގުވެރިކަން ހުރިތޯ ބެލި އިރު، އޭގެ ތެރެއިން ފަސް ވަރަކަށް ފްރެންޗައިޒް އިން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
އެމްއޭސީއެލުން ވަނީ ސްޓާބަކްސް، ޕިއްޒާ ހަޓް، ޑޮމިނޯސް، މެކް ޑޮނަލްޑްސް، ހާޑް ރޮކް، ޑަންކިން ޑޯނަޓްސް ފަދަ ބްރޭންޑް ތަކާ މުއާމަލާތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އަދި ވިދާޅުވީ އެ ފްރެންޗައިޒްތަކުން ވެލާނާ އެއާޕޯޓުގައި އޮޕަރޭޓް ކުރުމަށް ރަސްމީކޮށް ޝައުގުވެރިކަން ފާޅު ކުރަން ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.