21 Jun 2011, 20:26
ހައުސިން މަޝްރޫއަށް ފައިސާ ހޯދަން ބީލަމަށްލި ރަށްތަކުގެ ތެރެއިން ރ. ދިގަލީގެ ބީލަން ކާމިޔާބު ކުރި ސީ ލިންކް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނުދެއްކުމުން ދިގަލީގެ ބީލަން ބާތިކޮށް އެރަށަށް ދެވަނައަށް އެނެމް ބޮޑު ކުއްޔެއް ހުށަހެޅި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ރަށް އެވޯޑްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 200 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ދިގަލި މިއަހަރުގެ އޭޕްރީ މަހު ބިޑަށް ހުޅުވައިލުމުން ކާމިޔާބުކުރި ސީ ލިންކް ޕްރައިވެޓް ލިމިޓެޑަށް ދިން ނޮޓިފިކޭޝަން އެވޯޑްގެ މުއްދުތު އިއްޔެ ހަމަވެފައިވާ ކަމަށެވެ. މުއްދަތު ހަމަވިއިރުވެސް ލީޒް އިކްއިޒިޝަން ކޮސްޓްގެ ގޮތުގައި ދިގައްޔަށް ދައްކަން ޖެހޭ ފައިސާ އެކުންފުނިން ދައްކާފައި ނުވާތީ އެ ފަރާތަށް ދިން ނޮޓިފިކޭޝަން އެވޯޑް ބާތިލުކޮށް އެފަރާތުގެ 50000 އެމެރިކާ ޑޮލަރުގެ ބޭންކް ގެރެންޓީ ސަރުކާރަށް ނާގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސީލިންކް އަށް ދިގަލި ކުއްޔަށް ދިނީ ބީލަންހުށަހެޅި ތިން ފަރާތުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޯސްޓެއް އެފަރާތުން ހުށަހަޅާފައި ވާތީ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެފަރާތުން ހުށަހަޅާފައި ވަނީ 4714777 ޑޮލަރެވެ.
ޓޫރިޒަމުން ބުނީ ދިގަލި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް އެވޯޑް ކުރީ މިއަދު ކަމަށާއި އެ ކުންފުންޏަކީ ދެ ވަނައަށް ދިގައްޔަށް އެންމެ ބޮޑު ލީސް އެކުއިޒިޝަނެއް ހުށަހެޅި ފަރާތް ކަމަށެވެ. އަދި ބުނީ ބިޑިން ޑޮކިއުމަންޓްގައިވާ ގޮތަށް ދެ ވަނަ ފަރަރާތަށް އެވޯޑް ކޮށްފިނަމަ ބިޑިން ޑޮކިއުމެންޓްގައިވާ ކަންކަން ފުރިހަމަ ކުރަން އެފާރާތަށް ލިބޭނީ 15 ދުވަސް ކަމަށާއި އެ މުއްދަތުގައި ފުރިހަމަ ނުކޮށްފިނަމަ އެ ފަރާތުގެ ނޮޓިފިކޭޝަން އެވޯޑް ބާތިކޮށް 50000 އެމެރިކާ ޑޮލަރުގެ ބޭންކް ގެރެންޓީ ސަރުކާރަށް ނަގާނެ ކަމަށެވެ.