09 Jan 2017, 23:59
ފީފާއިން ހޮވާ ޑްރީމް ޓީމް ނުވަތަ ފީފާ ފިފްޕްރޯ ވޯލްޑް 11ގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިންނާއި ބާސެލޯނާގެ ހަތަރު ކުޅުންތެރިން ހިމެނިއްޖެއެވެ.
ސްވިޒަލެންޑްގެ ޒިއުރިކްގައި މިހާރު ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި އިއުލާންކުރި ފިފްޕްރޯ ޓީމު 2016ގައި ހިމެނެނީ ގޯލްކީޕަރަކާއި، ހަތަރު ޑިފެންޑަރުންނާއި، ތިން މިޑްފީލްޑަރުން އަދި ތިން ފޯވަޑުންނެވެ.
ރެއާލް މެޑްރިޑުން ފިފްޕްރޯ ޓީމުގައި ހިމެނުނީ ސާޖިއޯ ރާމޯސްއާއި، މާސެލޯއާއި، ލޫކާ މޮޑްރިޗްއާއި، ޓޯނީ ކްރޫސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ބާސެލޯނާއިން ޓީމުގައި ހިމެނުނީ ޖެރާޑް ޕީކޭއާއި، އަންދްރޭސް އިނިއެސްޓާއާާއި، ލުއިސް ސުއަރޭޒް އަދި ލިއޮނެލް މެސީއެވެ.
ފީފާ ފިފްޕްރޯ ވޯލްޑް 11:
ގޯލްކީޕަރު: މެނުއެލް ނޯޔާ (ޖަރުމަން) / ބަޔާން މިއުނިކް.
ޑިފެންޑަރުން: ޑަނީ އަލްވޭސް (ބްރެޒިލް) / ޔުވެންޓަސް، ޖެރާޑް ޕީކޭ (ސްޕެއިން) / ބާސެލޯނާ، ސާޖިއޯ ރާމޯސް (ސްޕެއިން) / ރެއާލް މެޑްރިޑް، މާސެލޯ (ބްރެޒިލް) / ރެއާލް މެޑްރިޑް.
މިޑްފީލްޑަރުން: ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ) / ރެއާލް މެޑްރިޑް، ޓޯނީ ކްރޫސް (ޖަރުމަން) / ރެއާލް މެޑްރިޑް، އަންދްރޭސް އިނިއެސްޓާ (ސްޕެއިން) / ބާސެލޯނާ.
ފޯވަޑުން: ލިއޮނެލް މެސީ (އާޖެންޓީނާ) / ބާސެލޯނާ، ލުއިސް ސުއަރޭޒް (އުރުގުއާއީ) / ބާސެލޯނާ، ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) / ރެއާލް މެޑްރިޑް.