09 Jan 2017, 14:28
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 4.6 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު 2015 ވަނަ އަހަރު ރާއްޖެއަށް 1,114,993 ޓޫރިސްޓުންް ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ.
ކޮންމެ އަހަރެއްގެ ފަހުކޮޅަކީވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ދުވަސްކޮޅަކަށްވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ އެމަހު ރާއްޖެއައި ޓޫރިސްޓުންގެ 47.2 ޕަސެންޓެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން އައި ޔޫރަޕު ސަރަހައްދުން ވަނީ 44.1 ޕަސެންޓް ޓޫރިސްޓުން އައިސްފައެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާއިން 308,077 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ހަމައެކަނި ނޮވެމްބަރު މަހަށް ބަލާއިރު 2015 ވަނަ އަހަރު އެ މުއްދަތައްވުރެ ޓޫރިސްޓުން އައި އަދަދު ވަނީ 15.9 ޕަސެންޓް އިތުރުވެފައެވެ.
ޑިސެމްބަރު މަހުގެ ތަފާސް ހިސާބްތައް އަދި ލިބިފައިނުވާއިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އެމަހު ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިންވެސް ހިމެނެއެވެ.