މިދިޔަ ސީޒަނަށް ފަހު ކާލޯ އެންޗެލޮޓީ މަގާމުން ވަކިކުރުމުން ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަޤާމަށް ޕޯޗުގަލްގެ ޕޯޓޯގެ ޒުވާން ކޯޗު އަންދުރޭ ވިލަސް ބޮއަސް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އުމުރުން 33 އަހަރުގެ ވިލަސް ބޮއަސް ޗެލްސީ ކޯޗް ކަމާ ހަވާލުވާނެ ކަމަށް އިނގިރޭސީ މީޑިއާތަކުން ބުނީ ޕޯޓޯގެ ކޯޗް ކަމުން ވިލަސް ވަކިވުން އިއުލާން ކުރުމާ ގުޅިގެނެވެ.

ޗެލްސީގެ ކޯޗް ކަމަށް އަތުވެދާނެ ކެންޑިޑޭޓުންގެ ލިސްޓްގައި ހިމެނޭ ވިލަސް ޕޯޓޯގެ ކޯޗުކަމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ވެސް ޕޯޓޯއަށް ކާމިޔާބުތައް ހޯދައިދީފަ އެވެ. ވިލަސް ޗެލްސީއާ ގުޅިދާނެ ކަމަށް ބެލިވިފައި ވީނަމަވެސް ޗެލްސީ އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.