21 Jun 2011, 15:17
އައްޑު އަތޮޅު ހުޅުމީދޫގައި 51 އަހަރުގެ ފިރިހެނަކު ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރު ކޮށްފައިވާ މީހާއަކީ ކުޑަކުއްޖާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރު ކުރަން މިރޭ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.