ފުވައްމުލަކުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ތިން ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، ފުވައްމުލަކު މިސްކިތްމަގު ކަޝްމީރު، މުހައްމަދު ސުއާދާއި، ފުވައްމުލަކު ފުނާޑު މާނެލް، އަބްދުﷲ ފަލާހު ޝަރީފާއި، ހޯދަޑު މައުނާ، އިބްރާހީމް ހުޒާމެވެ.