21 Jun 2011, 12:57
ބާރަ ވަނަަ އިންޓަ ރިސޯޓް ވޮލީ މުބާރާތް އިއްޔެ ފަށާފައި ވާއިރު، މުބާރާތުގެ ފުރަތަމަ ދެ މެޗް ކޮންރާޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުންޓާއި ތާޖް އެގްޒޯޓިކާ އެން ސްޕާ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން އ ެދެ ޓީމުން ރަނގަޅު ކޮށްފި އެވެ.
ޒުވާޏުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ރަންގަލި ކާމިޔާބު ކުރީ، ކުލަބް މެޑް ކަނި ރިސޯޓާއި ވާދަކޮށް ތިން ސެޓް ދެ ސެޓުން ނެވެ.
ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް 27-25 އިން ކާމިޔާބު ކުރީ ކުލަބް މެޑް ރިސޯޓުންނެވެ. ދެ ވަނަ ސެޓް 25-17 އިން ކާމިޔާބު ކުރީ ރަންގަލި ރިސޯޓުންނެވެ. ތިން ވަނަ ސެޓްވެސް 25-19 އިން ރަންގަލި ރިސޯޓުން މެޗް ކާމިޔާާބު ކުރިއިރު، ހަތަރު ވަނަ ސެޓް 25-21 އިން ގެންދިޔައީ ކުލަބް މެޑުންނެވެ. އަދި މެޗްގެ ފަހު ސެޓް ރަންގަލި ރިސޯޓުން ކާމިޔާބު ކުރީ 15-13 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މެޗް ކާމިޔާބު ކުރި ރަންގަލީގެ ހުސެން އަލީއެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗް ބަނޑޮސް އައިލެންޑް ރިސޯޓާއި ވާދަކޮށް ތާޖް އެގްޒޯޓިކާ އެން ސްޕާއިން ކާމިޔާބު ކުރި ސީދާ ތިން ސެޓުންނެވެ.
މިމެޗްގެ ސެޓްތައް މި ދެޓީމުން ގެންގޮސްފައި ވާގޮތައް ބަލާއިރު، ފުރަތަމަ ސެތް ތާޖުން ކާމިޔާބުކުރީ 25-12 އިންނެވެ. ދެވަނަ ސެޓް 25- 19 އިން ތާޖް ކާމިޔާބު ކުރިއިރު، ފަހު ސެޓް ތާޖުން ކާމިޔާބު ކުރީ 25-21 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ތާޖް އައިލެންޑް ރިސޯޓްގެ އިސްމާއިލް ސާޖިދެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރަތުގައި މިއަދުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު 5:00 ގައި ބައްދަލުކުރާ މެޗްގައި ވާދަކުރާނީ ރީތިރަށް ރިސޯޓާއި ފުލް މޫނެވެ.