މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފިއެވެ.

ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ އެ ސްކީމުގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ސްކީމެކެވެ. ފުރަތަމަ ނަގަމުން އައީ އަހަރު ދުވަހު ކޮންމެ މީހެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމްލަ އަދަދުގެ އެއް ޕަސެންޓެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން 0.9 ޕަސެންޓަށް ކުޑަކޮށްފައިވާއިރު މިއަހަރުން ފެށިގެން ވަނީ 0.8 ޕަސެންޓަށް އެ އަދަދު ވަނީ ކުޑަކޮށްފަ އެވެ.

އެ ފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީ އަށާއި، އަދި މި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ފީއެކެވެ.