04 Jan 2017, 16:13
ޓްރެވަލް އޭޖެންސީ ހިންގުމާ ބެހޭ ގަވައިދުގެ ދަށުން، ރާއްޖޭގައި ހިންގާ ޓްރެވަލް އޭޖެންސީތަކުން، އެ އޭޖެންސީތަކުގެ އަހަރީ ރިޕޯޓު މިހިނގާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމަށް އެ މިނިސްޓްރީން އަންގައިފި އެވެ.
ރާއްޖޭގައި ޓްރެވަލް އޭޖެންސީ ހިންގުމާ ބެހޭ ގަވައިދުގައި ބުނާ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަސް ނިމުމުގެ ކުރިން، ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އެ އޭޖެންސީއަކުން ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
ޓުއަރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، 2017 ޖެނުއަރީ 31 ގެ ކުރިން އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ ޓްރެވަލް އޭޖެންސީތަކުގެ ހުއްދަ ބާތިލުވާނެ ކަމަށެވެ.
ގަވައިދުގައި ކަނޑައާޅާފައިވާ ތާރީޚުގެ ކުރިން އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އޭޖެންސީތަކުގެ ހުއްދަ ބާތިލުވާނެ ކަމަށް، އެ ގަވައިދުގައިވެ އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، ރާއްޖޭގައި 290 ޓްރެވަލް އޭޖެންސީއެއް ރެޖިސްޓްރީކޮށްގެން ހިންގަމުންް ދެ އެވެ.