03 Jan 2017, 16:23
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމްގައި ސާފުނުވާ ކަންކަން ހުރި ކަމަށް ބުނެ އެކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފަައިސަލް ސަން އަށް ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންްމައި އަނބުރާ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ފޮނުވާފައިވާނެ ކަމަށެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ އެއީ އިންތިޚާބީ ޝަކުވާއަކާ ގުޅޭ މައްސަލައަކަށް ނުވާތީއެވެ.
މިކަމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި ވަކިއެއްޗެއް ނުބުނެއެވެ.