21 Jun 2011, 12:16
އެމްޑީޕީގެ އިންތިހާބުތައް ހަރުދަނާ ކުރަން އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީ އެހީތެރިވެދޭނެ ކަމަށް ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދިދީ )ޑީޑީ( ވިދާޅުވެއްޖެ އެވެ.
އޮސްޓްރޭލިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ޑރ. ޑީޑީ ރޭ މާލޭން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިން ދުވަހުގެ އެ ދަތުރުފުޅަކީ އޮސްޓްރޭލިޔާގެ އިންތިހާބްތަކާ ބެހޭ ގޮތުން އެގަައުމުގެ އިލެކްޝަން ކޮމިޝަނުން ބާއްވާ ސެމިނާރެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގެ ސަބަބުން އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި، އެހެނިހެން އިންތިހާބުތަކަށް ތައްޔާރުވުމުގައި ގެންގުޅޭ މައިގަނޑު އުސޫލުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.
އޮސްްޓްރޭލިޔާގެ މެލްބަންގައި ބާއްވާ އެ ސެމިނާރުގެ ހުރިހާ ހަރަދެއް ކުރާނީ ލިބަރަލް ޕާޓީގެ ފަރާތުން ކަމަށް އެމްޑީޕީން ބުންޏެވެ.