ދައުލަތަށް ޓެކްސްގެ ގޮތުގައި 2.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސަމާ ސީޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދައްކާފައި ނުވާތީ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ކުންފުނިން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ 2.5 މިލިއަން ރުފިޔާ އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު ދައްކަން ޖެހޭ ކަމަށް ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ހަތަރު މަސް ތެރޭގައި އެ ފައިސ މޯލްޑިްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފަ އެވެ.