އެއްގަމު ދަތުރު ފަތުުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން ފުލުހުން ޓޯ ކޮށްފައި ހުރި އުޅަނދުތަކެއް ނައްތާލައިފި އެވެ.

އެ އުޅަނދުތައް ފޮލިސް ޓޯޔާޑުގައި އިއްޔެ ނައްތާލާފައިވާ އިރު، ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، 210 ބައިސްކަލާއި 81 ސައިކަލެވެ.

ފުލުހުން ބުނީ އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އުޅަނދުތައް ނައްތާލާފައި ވަނީ، ހިނގައިފާނެ ހާދިސާއަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިތައް ވަކިކުރުމަށް ފަހު ބައިތައް ވަކިވަކިން ކަމަށެވެ.

ފުލުހުން ބުނީ އެ އުޅަނދުތައް ނައްތާލާފައި ވަނީ ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކު ކުރުމާ ގުޅިގެން އެ އުޅަނދުތައް ޓޯ ކުރުމަށް ފަހު، އެ އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތަށް ދީފައިވާ ދެ މަސް ދުވަސް ހަމަވީ އިރު ވެސް އުޅަނދުތަކާ ހަވާލު ނުވުމުން ކަމަށެވެ.