Back
Nov 23, 2025 SUN
SUN

ބިދޭސީންގެ އެކައުންޓްތަކުން ރާއްޖެއިން ބޭރުން ނަގާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށައިފި

ބިދޭސީންގެ އެކައުންޓްތަކުން ރާއްޖެއިން ބޭރުން ނަގާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށައިފި
Lead photo

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ނަމުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުން، ރާއްޖެއިން ބޭރުގައި ހުރެ ނަގާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށައިފިއެވެ. މިފަދައިން ފައިސާ ނަގަން ފެށީ މި ހިނގާ ޖެނުއަރީހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން، އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކަށް އެމީހުންގެ މުސާރަ ދޭންޖެހޭނީ އެމީހުންގެ ނަމުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު، ގެ ގޮތުގައި ދައުލަތުން ނަގައެވެ.

ރެމިޓެންސް ޓެކްސް ގަވައިދުގެ ހަތްވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، "ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވޭ ދެ ކަމަކީ ބޭންކެއް ނުވަތަ މަނީ ޓްރާންސްފާ އޭޖެންސީއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުގައި ހުރެ ނަގުދު ފައިސާގެ ގޮތުގައި ނެގުމެވެ. 2016 އޮކްޓޫބަރު އެކަކުން ފެށިގެން މި މާއްދާގައި ބުނާ ފަދައިން ޓެކްސް ނަގައެވެ.

އެ ގަވައިދުގައި ބުނެފައިވަނީ ހަތްވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ދެވަނަ މުއާމަލާތް ކަމުގައިވާ، ރާއްޖެއިން ބޭރުން ފައިސާ ނެގުމުން ރެމިޓެންސް ޓެކްސް ނަގަން ފަށާނީ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ތާރީޚަކުން ފެށިގެން ކަމަށެވެ. މީރާއިން މިދިޔަ އަހަރު ނެރުނު ޓެކްސް ރޫލިންގްއެއްގައި ކަނޑައަޅާފައިވަނީ، ބޭރުން ފައިސާ ނެގުމުން ރެމިޓެންސް ޖެނުއަރީ އެއްވަނަ ދުވަސް ކަމަށެވެ.

ގާނޫނު ބުނާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް މަސައްކަތް ކޮށްފި ނަމަ، ނުވަތަ އެކަމަށް އެހީތެރިވެދީފި ނަމަ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، ދައްކަންޖެހޭ ޓެކްސްއާ އެއްވަރުގެ އަދަދަކުން އެފަރާތެެއް ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާ ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން އެފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ދައުލަތަށް ލިބޭ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.

ރެމިޓެންސް ޓެކްސް ނަގަން ފެށި ފުރަތަމަ މަސް ކަމުގައިވާ، އޮކްޓޫބަރު 2016 ގައި ދައުލަތަށް ވަނީ އެ ޓެކްސްގެ ޒަރިއްޔާއިން ލިބިފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics