މާލޭގެ އިމާރާތެއްގެ ސިޑިގޮޅިއަށް ވެއްޓުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ސިޑި ގޮޅިއަށް ވެއްޓިފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.

ސިޑިގޮޅިއަށް ވެއްޓުނީ 32 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ހާދިސާ ހިނގީ އަމީރު އަހުމަދު މަގުގައި ހުރި ގެއެއްގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު އަދި ނުލިބޭ ކަމަށާއި ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.