10 May 2010, 10:22
14:30
ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗުން ދެމުން ގެންދިޔަ އީވްނިން ބޭންކިންގގެ ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން އެ ބޭންކުގެ ހުރިހާ ބްރާންޗްތަކަކުން ހިދުމަތް ދެމުންގެންދާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 15:00 އަށް ކަމަށާއި އެބަދަލާ އެކު ހިދުމަތް ފޯރުކޮށްދެވޭ ވަގުތު 30 މިނެޓް އިތުރުވެފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނީ އެ ބެންކުގެ ބާޒާރު ބްރާންޗުން މެދު ނުކެނޑި 9:00 އިން ހަވީރު 5:00 އަށް ހިދުމަތް ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި ނަމަވެސް އެ ބަދަލާ ގުޅިގެން ބާޒާރު ބްރާޗުން ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު 8:00 އަށް ދެމުން އައި ހިދުމަތް ހުއްޓާލާނެ ކަމަށެވެ.