މައްޗަންގޮޅި ސަހަރާ ކައިރި މިދިޔަ ހޮނިހިރު ދުވަހު ބެޓެރިތަކެއް ގޮއްވާލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ހޮނިހިރު ދުވަހު މެންދުރު ސަހަރާ ކަންމަތީގައި ދަބިޔަލެއްގެ ތެރޭގައި ހުރި ބެޓެރިތަކެއް ގޮއްވާލާފައިވާ އިރު އެއެއްޗިސް ވަނީ ބާރު އަޑުފަށްގަނޑާއެކު ބުރަބުރައިގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުގައި ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރުކުރުމާއެކު ވެސް މާލޭގެ އެކި ސަރަހައްދުތަކުން ވަނީ ގޮވާޒާތުގެ ތަކެތި ހޯދައިފަ އެވެ.