02 Jan 2017, 09:37
ރިއޯޑިޖެނީރިއޯ (ޖެނުއަރޯ 2): ބްރެޒިލްގެ ގެއެއްގައި އާ އަހަރު ފާހަގަ ކުރުމުން ދަނިކޮށް ހަތިޔާރު އަޅައިގެން ހުރި މީހަކު އެގެޔަށް ވަދެ 11 މީހަކު މަރާލައިފި އެވެ.
ބްރެޒިލްގެ ސައޮ ޕައުލޯގެ ކެމްޕީނަސްގައި ހިނގި އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަމަލާ ދިން މީހާގެ ކުރީގެ އަނބިމީހާ އާއި އެދެމީހުންގެ އަށް އަހަރުގެ ފިރިހެން ދަރިފުޅު ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ލަފާ ކުރާ ގޮތުގައި 46 އަހަރުގެ ސިޑްނީ ރާމިސް ޑި އަރައުޖޯ އެހަމަލާ ދީފައި ވަނީ ވަރީގެ ސަބަބުން ރުޅިއައިސްގެންނެވެ.
އެހާދިސާގައި 11 މީހަކު މަރާލައި، ތިން މީހަކު ޒަހަމް ކުރުމަށް ފަހު ހަތިޔާރު އަޅައިގެން ހުރި މީހާ ވަނީ އަމިއްލައަށް މަރުވެފަ އެވެ. (ރޮއިޓާސް)