ހުޅުމާލޭގައި ބާރު ސުޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ބިދޭސީއެއްގައި ޖެހި ބިދޭސީމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިއަދު ހެނދުނު 8:20 ކަންހާއިރު ހިނގި އެއެކްސިޑެންޓުގައި ބާރު ސުޕީޑުގައި ދުއްވާފައިދިޔަ ޕިކަޕުންޖެހި ބިދޭސީ މީހާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

އެބިދޭސީ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި ބާރު ސުޕީޑުގައި ދުއްވާފައިދިޔަ ޕިކަޕު ބިދޭސީމީހާގެ ގައިގަ ޖެހިގޮސް ކޮންޓުރޯލްވީ މަގުގެ އެއްކައިރީގައި ހައްދާފައިއިން ގަހެއްގައިޖެހިއެވެ.