01 Jan 2017, 16:48
އިންޑިޔާގައި މިހާރު ކުރިއަށްދާވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ރާއްޖެ އާއި ދެކޮޅަށް ނިކުންނާނެ ޓީމަކަށް ބަންގާޅު ވެއްޖެއެވެ.
ގްރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބްކޮށް ދެވަނަ ޓީމްގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު ބަންގާޅު ވަނީ ގްރޫޕް ބީގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
ބަންގާޅަށް ގްރޫޕް ބީގެ އެއް ވަނަ ލިބެނީ އިއްޔެ ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާއާ އެއް ވަރުކޮށް އެ ގްރޫޕްގައި ހިމެނޭ އަފްޣާނިސްތާން ބަލިކޮށް ހަތަރު ޕޮއިންޓާއި އެކުއެވެ. އިންޑިއާއަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް އެ ޓީމަށް ގްރޫޕްގެ ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން 2014 ވަނަ އަހަރު ރާއްޖެ އާއި ބަންގާޅު ވަނީ ވާދަކޮށްފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު އެ މެޗު 3-1ގެ ނަތީޖާ އަކުން ބަންގާޅުން ވަނީ ކާމިޔާބްކޮށްފައެވެ.
ސެމީ ފައިނަލްގެ ދެ މެޗު އޮންނާނީ މާދަމާއެވެ.