ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެކޭ އެއްގޮތަށް އޭނާގެ ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ވެސް ފުޓްބޯޅަ ކުޅުންތެރިޔަކަށް ހަދަން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯގެ އުމުރުން ހަ އަހަރުގެ ދަރި މިހާރު ވެސް ފުޓްބޯޅައިގެ ތެރެއަށް މަޑުމަޑުން ވަންނަތަން ފެންނަމުންދެ އެވެ. އެގޮތުން ރޮނާލްޑޯއާ އެކު އޭނާގެ ދަރި ވެސް ފުޓްބޯޅަ ކުޅޭ ފޮޓޯއާއި ވީޑިއޯތައް އޭނާ ދަނީ އާންމު ކުރަމުންނެވެ.

"އަހަރެން ބޭނުން ވަނީ އަހަރެންގެ ދަރި ވެސް ފުޓްބޯޅަ ކުޅުންތެރިޔަކަށް ހަދަން. އަހަރެންނަށް އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެއީ ފަސޭހަކަމެއް ނޫން. އޭނާ ބޭނުން ކޮންމެ ދާއިރާއަކުން ކުރިއަށްދެވޭނެ. ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށް އަހަރެން ކޮންމެވެސް ވަރަކަށް އޭނާ އަށް ބާރު އަޅާނަން،" މިސްރުގެވަން ޓީވީއަށް ދިން އިންޓަވިއެއްގެ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، އޭނާގެ ދަރި ކުޅުވަން ބޭނުންވަނީ ފޯވަޑެއްގެ މަގާމަށް ކަމަށާއި ގޯލްކީޕަރަކަށް ނޫން ކަމަށެވެ. އަދި އޭނާ ކޮންމެ މީހަކަށް ވިޔަސް އެކަމާ ކަންބޮޑުނުވާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.