01 Jan 2017, 09:43
ދެހާސް ސޯޅަ ވަނަ އަހަރަކީ މުޅި ދުނިޔޭގައި ވެސް ހަނގުރާމަތަކާއި ހަމަލާތަކާއި އެހެނިހެން ހިތްދަތި ހާދިސާތަކެއް ހިނގި އަހަރެއް ކަމަށާއި އިންސާނީ ކަރާމާތަށް އިހްތިރާމުކޮށްގެން މިކަންކަން މަދުކުރުމަށް މިފެށޭ އާ އަހަރު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.
މިރޭ 2017 ވަނަ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2016 ވަނަ އަހަރުގެ ތެރޭގައި، ދުނިޔެ ހީނުކުރާ ވަރުގެ ހިތްދަހި ކަންކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން، އެއާޕޯޓާއި މެޓްރޯގައި ދިން ބޮމުގެ ހަމަލާތަކާއި، ގައި ހިނގި އެކްސިޑެންޓާއި، ސީރިއާގައި ހިނގަމުން އަންނަ އިގެ އިތުރުން، ޔޫރަޕަށް ވަންނަމުންދާ ރެފިއުޖީންގެ ތެރެއިން އެތައް ބަޔަކު މެޑިޓެރޭނިއަން ކަނޑަށް ހާދިސާތައް ފާހަގަކުރެއްވި އެވެ.
ދުންޔާ ވަނީ މި ފެށޭ އާ އަހަރާ އެކު، އިންސާނީ ކަރާމާތަށް އިހްތިރާމު ކުރުން އިހްތިރާމްކުރުން އިތުރުކޮށް، ފަގީރުކަމާއި ހަނގުރާމަތަކާއި ތަފާތުކުރުންތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން، އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، 2017 ވަނަ އަހަރަކީ މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ވެސް ސުލްހައާއި އެއްބައިވަންތަކަމުގެ އަހަރަކަށް ހެދުމަށް މަސައްކަތް ކުރުމަށް ދުންޔާ ވިދާޅުވި އެވެ.
އަދި ރާއްޖޭގެ މިނިވަންކަމާޢި ސިޔާދަތު ހިމާޔަތްކޮށް، ދިވެހީންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ދުނިޔޭގައި ހައިބަތާ އެކު ދިވެހީން ތެދުވެ ތިބުމުގެ ހިތްވަރު ލިބުމަށް އެދިވަޑާއިގަންނަވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.