ތިން އަހަރު ދުވަހުގެ މަސައްކަތަށް ފަހު ދުނިޔޭގެ އެންމެ އުސް ބުރިޖު ޗައިނާގައި ހުޅުވައިފި އެވެ.

ޗައިނާގެ ހުޅަނގުދެކުނުގައި އޮންނަ ޔުނާން އާއި ގުއެޖޯ ޕްރޮވިންސު ގުޅުވައިދޭ ބެއިޕަންޖިއަންގް ބުރިޖުގެ ހަދާފައި ވަނީ ބިމަށް ވުރެ 565 މީޓަރު މަތީގަ އެވެ. އެއީ 200 ފަންގިލާގެ އިމާރާތެއްގައި ހުންނާނެ ދިގުމިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދިގުމިނުގައި 1،341 މީޓަރު ހުންނަ އެބްރިޖު ހުޅުވުމުން ޔުނާން އާއި ގުއެޖޯއާ ދެމެދު ކުރާ ދަތުރުތަަކަށް ނަގާ ވަގުތު ހަތަރު ގަޑި އިރުން ގާތްގަނޑަކަށް އެއް ގަޑިއިރަށް ކުޑަވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ދެހާސްތޭރަ ވަނަ އަހަރު މަސައްކަތް ފެށި ބެއިޕަންޖިއަންގް ބުރިޖުގެ ކޮންސްޓްރަކްޝަން މަސައްކަތަށް 144 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ޗައިނާގެ ނޫސްތަކުން ބުނެ އެވެ.