29 Dec 2016, 22:18
އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ޚިދުމަތް ހޯދުމަށް ޓޯކަން ނަމްބަރުތައް ދޫކުރާ ގަޑިއަށް ބަދަލު ގެނެސްފި އެވެ.
އެ މިނިސްޓްރީން ނެރެނު ބަޔާނެއްގައި ބުނެފައި ވަނީ، ފަށާ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ދޫކުރާ ޓޯކަން ނަމްބަރުތައް ދޫކުރާނީ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:30އާ ހަމައަށް ކަމަށެވެ. އަދި ހަމަ އެ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ކައުންޓަރު ހުޅުވާނީވެސް ހެނދުނު 08:00 ގައި ކަމަށް ބަޔާނުގައިވެ އެވެ.
ޚިދުމަތްތަކަށް ދޫކުރާ ޓޯކަން ނަމްބަރު ދޫކުރާ ގަޑިއަށް ބަދަލު ގެނައި ނަމަވެސް އެ މިނިސްޓްރީން ޚިދުމަތް ދޭ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.