14:30


ޑޮލަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދޫކުރަން ފެށި 20 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީޒް ދޫކުރުން ހުއްޓާލާފައި އޮތުމަށްފަހު، އަލުން ކްރެޑިޓް ފެސިލިޓީޒް ދޫކުރަން ނިންމައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ސާއިކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިހި މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީޒްއަކީ ޑޮލަރު ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށް އެމިނިސްޓްރީން ކޮށްފައިވާ  މަސައްކަތުގެ ދަށުން އިންޑިޔާގެ ސަރުކާރުން ހަމަޖައްސައިދީފައިވާ ކްރެޑިޒް ފެސިލިޓީ އެއް ކަމަށާއި މިހާތަނަށް އެގޭތެރެއިން 17 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހުރެ އެ ފެސިލިޓީޒްގެ ހިދުމަތް ދޫކުރުން ހުއްޓާލާފައި އޮތުމަށްފަހު، ބާކީ އޮތް ތިން މިލިއަން ޑޮލަރު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކްރެޑިޓް ފެސިލިޓީ ދޫކުރެވޭނީ ކުރިން ވެސް އެ ފެސިލިޓީޒް ދޫކޮށްފައިވާ އުސޫލުގެ މަތިން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.


ވީމާ މިފެސިލިޓީޒްގެ ދަށުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކުން 16 މެއިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށްވެސް އެ މިނިސްޓްރީގެ އިޢުލާންގައި ބުނެފައިވެ އެވެ.