29 Dec 2016, 14:50
ދިވެހިރާއްޖެ އިން ބަންގްލަދޭޝަށް އާއިޝަތު ޝާން ޝާކިރު އައްޔަނުކުރައްވައި ސަފީރުކަމުގެ ފަތްކޮޅު އޭނާ އަށް އަރުވައިފި އެވެ.
ބަންގްލަދޭޝްގެ ސަފީރުކަމަށް ޝާން އައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު އޭނާއާ ހަވާލުކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

ބަންގްލަދޭޝަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އާއިޝަތު ޝާން ޝާކިރު އައްޔަނު ކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޝާންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައިވޭ ބޭކަނބަލެކެވެ.
ަބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ޑރ. މުހައްމަދު އާސިމް ރާއްޖޭގެ ހަމަޖެއްސެވުމުންނެވެ.