20 Jun 2011, 17:57
ކެރަމް އެސޯސިއޭޝަނާމެދު ފިޔަވަޅު އަޅަން ޖަމިއްޔާގެ ރަޖިސްޓްރާއަށް އެންޓިކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އަންގައިފި އެވެ.
މޯލްޑިވްސް ކެރަމް އެސޯސިއޭޝަންގެ މުދަލާއި، ފައިސާއަށް އެ އެސޯސިއޭޝަންގެ ބޯޑް މެންބަރުން އިޙުމާލުވެފައިވާކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނަނީ
ކެރަމް އެސޯސިއޭޝަނަކީ ޖަމްއިއްޔާތަކާބެހޭ ޤާނޫނުގައިވާ ގޮތަށް ހިންގާ ޖަމިއްޔާއަކަށްވާތީ އެ ޤާނޫނުގެ 26،27،28،29،30 ވަނަ މާދާގައި ވާގޮތުގެ މަތިން އެ އެސޯސިއޭޝަނަށް ލިބޭ އާމްދަނީ އާއި، ފައިސާއާ ހަރަދުކުރާ ފައިސާގެ ތަފްޞީލާއި އަހަރީ ހިސާބުތައް ޖަމިއްޔާތަކާބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން އޯޑިޓްކޮށްފައި ނުވާ ކަމަށެވެ.
އަދި އާންމު ޖަލްސާއިން ފާސްކޮށް އަހަރީ ރިޕޯޓާއި ހިސާބުތައް ޖަމިއްޔާގެ ރަޖިސްޓްރާއަށް ހުށަހަޅާފައި ނުވާތީ ޖަމިއްޔާތަކާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެރަމް އެސޯސިއޭޝަނާމެދު ފިޔަވަޅު އަޅަން ޖަމިއްޔާގެ ރަޖިސްޓްރާއަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީއާއި ކުޅިވަރުގެ ޤައުމީ މަޖިލީހަށް ވެސް މިކަން އަންގާފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވެއެވެ.
މި މައްސަލަ ނިންމި އިރު އެ އެސޯސިއޭޝަންގެ ކުރީގެ ހަޒާންދާރު، ގ. ގްރީންލިން، އަލީ ނަދީމް އެ އެސޯސިޝޭންގެ ފައިސާއަށް ހިޔާނާތްވެފައިވާތީ އެނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އަދިވެސް މީގެ ކުރިން ވަނީ އޭސީސީން ޕީޖީއަށް ފޮނުވާފަ އެވެ.