29 Dec 2016, 10:36
ހޮލީވްޑްގެ މަޝްހޫރު ބަތަލާ އަދި ކެރީ ފިޝާގެ މަންމަ، ޑެބީ ރޭނޯލްސް މަރުވެއްޖެ އެވެ. އޭނާ މަރުވީ އުމުރުން 84 އަހަރުގަ އެވެ. އަދި އޭނާގެ ދަރިފުޅު ކެރީ ފިޝާ މަރުވިތާ އެއް ދުވަސް ފަހުންނެވެ.
ރޭނޯލްސްގެ ކުއްޖަކާ ގަވާލާދީ އޭބީސީ ނިއުސް އިން މިއަދު ވަނީ ޑެވީ މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.
"އެންމެ ރަނގަޅު ކަމަކީ އަހަރެންގެ މަންމަ ބޭނުންވީ އަހަރެންގެ ދައްތަ ކައިރިއަށްދާން،" ކެރީ ފިޝާގެ މަރާ ގުޅޭ ގޮތުން ރޭނޯލްސްގެ ކުއްޖަކު ބުންޏެވެ.
ރޭނޯލްސްގެ ދަރިފުޅު އަދި އެމެރިކާގެ ބަތަލާ އަދި "ސްޓާ ވޯޒް"ގެ ފިލްމުތަކުން ޕްރިންސެސް ލިއާގެ ރޯލުން މަޝްހޫރުކަން ހޯދި ކެރީ ފިޝާ،60، ހާޓްއެޓޭކެއް ޖެހިގެން މަރުވީ އަންގާރަ ދުވަހުގެ ރެ އެވެ. އޭނާގެ މަރަށް ފަހު ރޭނޯލްސްގެ ފޭސްބުކް އެކައުންޓްގައި ބުނެފައި ވަނީ، އޭނާގެ ލޯބިވާ ދަރިފުޅު ކެރީގެ މަރަށް ފަހު، ރައްޓެހިންނާއި ފޭނުންގެ ފަރާތުން ލިބޭ ހިތްވަރަށާއި ހެޔޮއެދުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އޭބީސީ ނިއުސް އިން ބުނީ، އިއްޔެގެ ވަގުތެއްގައި ރޭނޯލްސް ލޮސްއެންޖެލަސްގެ ހޮސްޕިޓަކަށް އިމަޖެންސީގައި ގެންދިޔަ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައިރޭނޯލްސް މަރުވީ އޭނާގެ ދަރިފުޅު ކެރީ މަރުވުމުގެ ހިތާމާގައި ހިތް ހުއްޓިގެންނެވެ.