28 Dec 2016, 22:03
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ބޯޑަށް އާ މެމްބަރަކު އިއްޔެ އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، އެ ބޯޑަށް ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި، ސ. ހިތަދޫ، ފްރެސްކޯ، މުހައްމަދު ވަހީދު ހުސައިން ހަމަޖައްސާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި، އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ބޯޑަށް ވަނީ، އެމްޓީސީސީގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ީ ހަމަޖައްސައިފައެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ކުންފުނީގެ ޗެއާމަނާއި، މެނޭޖިންގް ޑިރެކްޓަރު އަދި ތިން ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނެވެ. ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ، އިއްޔެ އައްޔަނުކުރެވުނު މުހައްމަދު ވަހީދު ހުސައިނާއި، ސިނާން އަލީގެ އިތުރުން، ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި ވެ.