28 Dec 2016, 10:31
ކަނަޕޫރު، އިންޑިއާ (ޑިސެމްބަރު 28) -- އިންޑިއާގެ ކަނަޕޫރު ސަރަހައްދުގައި 15 ވަތްގަނޑުގެ ރޭލެއް ފުރޮޅާލައި ދެ މީހަކު މަރުވެ، 28 މީހަކު ޒަހަމުވެއްޖެ އެވެ.
އިންޑިއާގެ ރޭލްވޭ މިނިސްޓްރީ އިން މިއަދުު ބުނީ ސީލްދާހު އަޖުމޭރާ އެކްސްޕްރެސްގެ ރޭލު ދަގަނޑުން ކައްސާލީ ކަނަޕޫރާ 50 ވަރަކަށް ކިލޯ މީޓަރު ދުރުން ކަމަށެވެ.
އެ ހާދިސާ ހިނގީ، ރޭލެއް ފުރޮޅާލައި 140 މީހަކު މަރުވެ އަދި 200 މީހަކު ޒަހަމުވި ހާދިސާއެއް ހިނގިތާ މަސް ދުވަސްވީ ތަނާ އެވެ.