#LIVE Siyam-Mauroof Soccer Cup: Kendhikulhudhoo 0-1 Holhudhoo
#LIVE Siyam-Mauroof Soccer Cup: Kendhikulhudhoo 0-1 Holhudhoo

Last Updated:
9 year 11 month ago

ކެނދިކުޅުދޫ ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ހޮޅުދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

    ބުލޮގު ޚުލާސާ

    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލުގައި މިއަދު ހަވީރު ކެނދިކުޅުދޫ އެފްސީ އާއި ހޮޅުދޫ އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ މުބާރާތެއް. އެ މުބާރާތުގައި މިއަހަރު ނ. އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެފައިވޭ. އެއީ ކެނދިކުޅުދޫ، ކުޑަފަރީ، މަގޫދޫ، މާފަރު، ވެލިދޫ، ލަންދޫ، ހޮޅުދޫ، ޅޮހި، ހެނބަދޫ، މިލަދޫ، ފޮއްދޫ، މާޅެންދޫ އަދި މަނަދޫ.

    އެ މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް.

    މުބާރާތުގެ ފައިނަލު މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން އަދި ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯ ބައިވެރިވާނެ. ޕުޔޯލް އަށް މަރުހަބާ ކިޔުމަށް ނ. އަތޮޅުގެ ރައްޔިތުންނާއި ކެނދިކުޅުދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި.

    ޕުޔޯލް ވަނީ ޔޫތު ކެރިޔަރުން ފެށިގެން ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ. ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ޕުޔޯލް ވަނީ 1999 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބާސާގެ ސީނިއާ ޓީމަށް ކުޅެ، މުހިންމު ދައުރެއް އަދާކޮށްފަ. ބާސާއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި ޕުޔޯލް ވަނީ 2004 ވަނަ އަހަރުން ފެށިގެން ކުޅުން ހުއްޓާލުމާ ހަމައަށް ބާސާގެ ކެޕްޓަން ކަމުގެ ދައުރު ވެސް އަދާކޮށްފަ. އޭގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާއެކު ވެސް އޭނާ ކާމިޔާބު ދުވަސްތަކެއް ހޭދަކުރި.

    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލުގައި އެއްކޮޅުން ވާދަކުރާ ހޮޅުދޫއަކީ އެންމެ ފަހުގެ ޗެމްޕިއަން. އެ ޓީމު ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި އެފްސީ މާފަރު އަތުން މޮޅުވެގެން. ކެނދިކުޅުދޫން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެ ވަނަ މެޗުގައި މިލަދޫ އަތުން މޮޅުވެ، ސެމީގެ ތިން ވަނަ މެޗުގައި މާފަރުގެ މައްޗަށް ކުރި ހޯދައިގެން.

    އެ މުބާރާތުގެ ފައިނަލް މެޗުން މޮޅުވެ، ޗެމްޕިއަން ހޯދާ ޓީމަށް ތަށި ހަވާލުކޮށްދޭނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެއް. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވޭ.

    17:50

    މިއީ މި މުބާރާތް ހޮޅުދޫން ކާމިޔާބުކުރި ދެ ވަނަ ފަހަރު. މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ވެސް ހޮޅުދޫ.

    17:49

    ފައިނަލް މެޗުގައި ކެނދިކުޅުދޫގެ މައްޗަށް ހޮޅުދޫން ކުރި ހޯދީ 1-0 ލަނޑުން.

    17:49

    މެޗުގެ ކުޅުން ނިމިއްޖެ.

    17:45

    17:37
    ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައަކާ އެފްއޭއެމްގެ ރައީސް ބައްސާމް ހަވާލުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އާތިފް
    ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައަކާ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ހަވާލުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އާތިފް
    ސަޕޯޓަރަކާއެކު ޕުޔޯލް ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ އާތިފް
    ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައަކާ ހޮޅުދޫ އެފްސީގެ ކެޕްޓަން މޫސަ ހަވާލުވަނީ --- ސަން ފޮޓޯ/ އާތިފް
    17:37

    ކެނދިކުޅުދޫން ބަދަލެއް. މޫސާ ނަދީމްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އަޝްހަމް.

    17:34

    '82- ހޮޅުދުއަށް ފުރުސަތެއް. އައްޒާމް ކައިރިން ނައްޓާލުމަށް ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ޒަމީރު އުފެއްދި ހަމަލާ ގޯލާ ވަނުމުގެ ކުރިން ޑިފެންޑަރެއް ދިފާއުކޮށްފި.

    17:29

    '76- ހޮޅުދޫގެ އަފްލާހު ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދައްކައިފި.

    17:22

    ކެނދިކުޅުދޫން ބަދަލެއް. މުހައްމަދު އަރީހުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ސަމާލް.

    17:21
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ އެއް ބާނީ ކަމަށްވާ މައުރޫފް އަށް ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެއް ހަދިޔާކުރަނީ --- ސަން ފޮޓޯ/ އާތިފް
    17:18

    '66- ފައުލަކާ ގުޅިގެން ހޮޅުދޫގެ ވަދޫދު އަށް ވެސް ރީނދޫ ކާޑެއް ދައްކައިފި.

    17:17

    '64- ފައުލަކާ ގުޅިގެން ހޮޅުދޫގެ މޫސާ އިބްރާހިމަށް ރީނދޫ ކާޑެއް ދައްކައިފި.

    17:15

    މެޗުގެ ހާފް ޓައިމްގައި ސަޕޯޓަރުންނާ ޕުޔޯލް ސަލާމް ކުރަނީ --- ސަން ފޮޓޯ/ އާތިފް
    17:13

    '60- ހިލޭ ޖެހުމަކުން ކެނދިކުޅުދޫގެ އައްޒާމް އުފެއްދި ހަމަލާ، ހޮޅުދޫގެ ކީޕަރު ޒަރީރު މަތަކޮށްފި.

    17:06

    ކެނދިކުޅުދޫން ބަދަލެއް. އިބްރާހިމް މުހައްމަދުގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ތަހުސީން.

    17:04

    '51- ހޮޅުދުއަށް ފުރުސަތެއް. ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ހޮޅުދޫގެ އަފްލާހު ފޮނުވާލި ހަމަލާ ކެނދިކުޅުދޫގެ ކީޕަރު ވަނީ މަތަކޮށްފަ.

    16:57

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

    16:54މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    ޕުޔޯލްއާ އެކު ކުޑަކޮށް، ސިޔާމް އާއި މައުރޫފް އާއި އިރުތިޝާމް އަދި ބައްސާމް ވެސް ކުޅުއްވައިފި.

    16:52މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    މިހާރު ޕުޔޯލް ދަނީ ސަޕޯޓަރުންނާ ސަލާމްކުރަމުން. އޭނާއާ އެކު އަހްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާ.

    16:50މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    ފައިނަލް މެޗުގެ މެހެމާނުންނަށް ވެސް ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެއް ހަދިޔާކޮށްފި. އެ ބޭފުޅުންގެ ތެރޭގައި މުބާރާތުގެ ބާނީއެއް ކަމަށްވާ މައުރޫފް އާއި، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ހިމެނިވަޑައިގަންނަވާ.

    16:47މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 13 ރަށުން ވެސް ވަނީ ބައިވެރިވެފައި. އެއީ ކެނދިކުޅުދޫ، ކުޑަފަރީ، މަގޫދޫ، މާފަރު، ވެލިދޫ، ލަންދޫ، ހޮޅުދޫ، ޅޮހި، ހެނބަދޫ، މިލަދޫ، ފޮއްދޫ، މާޅެންދޫ އަދި މަނަދޫ.

    16:46މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށް ވެސް ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެއް ހަދިޔާކުރޭ.

    16:44މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    މިހާރު ކުރިއަށްދަނީ މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދިނުން. ޓީމުތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް.

    16:42

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމުނު އިރު، 1-0 ލަނޑުން ކުރީގައި އޮތީ ހޮޅުދޫ.

    16:37

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓްގެ ކުޅުން ދައްކައިފި.

    16:28

    ހޮޅުދޫގެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނުރައްކާތެރި ފޯވަޑް މުހައްމަދު ޒަމީރު.

    16:27

    '35 ހޮޅުދޫން ލީޑު ހޯދައިދި.

    16:26

    '33- ކެނދިކުޅުދުއަށް ފުރުސަތެއް. އައްޒާމް ނަގައިދިން ހިލޭ ޖެހުމުން މުހައްމަދު އަރީހު ފޮނުވާލި ހަމަލާ ކީޕަރު ޒަރީރު ވަނީ މަތަކޮށްފަ.

    16:25

    '32- އަރީހު އަށް ހޮޅުދޫގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ކެނދިކުޅުދުއަށް ހިލޭ ޖެހުމެއް ލިބިއްޖެ.

    16:23

    '30- ހޮޅުދޫ އިން ބަދަލެއް. މުހައްމަދު ރިޔާޒްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުލް ވަދޫދު.

    16:21

    '29- ކެނދިކުޅުދުއަށް ފުރުސަތެއް. ސަމާއިލް ނަގައިދިން ހުރަހެއްގެ ތެރެއިން ފިރުޝާން އަށް ލިބުނު ބޯޅައަކުން އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވޭ.

    16:14

    '22- ހޮޅުދޫ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ކެނދިކުޅުދޫގެ ފިރުޝާން އުފެއްދި ހަމަލާ، ކީޕަރު ޒަރީރު މަތަކޮށްފި.

    16:12

    '19- ކެނދިކުޅުދުއަށް ފުރުސަތެއް. އަހްމަދު ސަމާއިލް އިސްމާއިލް ނަގައިދިން ހުރަހަކުން ހޮޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ފިރުޝާން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    16:10

    އައްޒާމް އަކީ ޓީސީ ސްޕޯޓްސް ކްލަބާއެކު ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިއެއް.

    16:08

    15' ކެނދިކުޅުދޫގެ ކެޕްޓަން މުހައްމަދު އައްޒާމް ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ހޮޅުދޫގެ ކީޕަރު އަހްމަދު ޒަރީރުގެ އަތަށް.

    16:03

    "10 - ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހޮޅުދޫގެ ޒަމީރު އަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، ކެނދިކުޅުދޫގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

    16:01މުއާވިޔަތު އަންވަރުނ. ކެނދިކުޅުދޫ

    ދެ ޓީމުގެ ސަޕޯޓަރުން ވެސް ދަނީ ވަރަށް ފޯރިއާއެކު ތަރުހީބުދެމުން.

    15:58

    މެޗުގެ ފަސް މިނެޓްގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިފައެއް ނުވޭ.

    15:55
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    15:53

    ފައިނަލް މެޗުގެ ކުޅުން ފަށައިފި.

    15:49މުއާވިޔަތު އަންވަރު

    ދެ ޓީމުން ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވެދެފައި. އޭގެ އިތުރުން ވެސް ނ. އަތޮޅުގެ އެކި ރަށްތަކުން ވެސް މެޗު ބަލާލުމަށް އައިސްފައިވޭ.

    15:44

    ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކޮށްފި. ޕުޔޯލް އާއި އޭނާގެ އަންހެނުންނާއ،ި ސިޔާމް އާއި، މައުރޫފް އާއި، ކުޅިވަރާބެހޭ ވަޒީރާއި ސަން ސިޔާމް ގްރޫޕްގެ އައިޝަތު ރަފިއްޔާގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ކުޅުންތެރިންނާ ސަލާމް ކުރެއްވި.

    15:43

    ފައިނަލް މެޗުގައި ވާދަކުރާ ކެނދިކުޅުދުއާއި ހޮޅުދޫ ދަނޑަށް ނުކުމެއްޖެ.

    15:41

    ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފައި.

    15:40

    ސިޔާމް އާއި މައުރޫފްގެ އަރިހުގައި ޕުޔޯލް އާއި އޭނާގެ އަންހެނުން ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑަށް ވަދެއްޖެ.

    15:40

    ޕުޔޯލް އަށް މަރުހަބާ ކިޔުމުގެ ގޮތުން ކެނދިކުޅުދޫގެ ޒުވާން އަންހެން ކުދިންގެ ފަރި ހަރަކާތްތަކެއް ކުރިއަށްދޭ.

    15:34
    ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    15:33

    ކެނދިކުޅުދޫން ދަނީ ޕުޔޯލް އާއި އޭނާގެ އަންހެނުންނަށް ދިވެހިންގެ ސަގާފަތާއި، މަސްވެރިމާއި، އިގްތިޞާދު އަދި ތާރީހު ދައްކުވައިދޭ ހަރަކާތްތައް ދައްކުވައިދެމުން.

    15:31
    ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    15:26
    ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް އަށް މަރުހަބާ ކިޔުން --- ސަން ފޮޓޯ
    15:22

    ދިވެހިންގެ ސަގާފަތް ޕުޔޯލް އަށް ދައްކުވައިދޭ އިރު، އޭނާއާއެކު ސިޔާމް އާއި މައުރޫފްގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެ ވަޑައިގަންނަވާ.

    15:19

    ޕުޔޯލް އަށް ކެނދިކުޅުދޫން ދަނީ ދިވެހިންގެ ސަގާފަތް ދައްކުވައިދެމުން. އޭގެ ތެރޭގައި ދިވެހިންގެ މަސައްކަތް ދައްކުވައިދޭ ކަންތައްތައް ފެނިގެންދޭ.

    15:17

    ކެނދިކުޅުދޫން ޕުޔޯލް އަށް މަރުހަބާ ދެންނެވީ މުބާރާތުގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް.

    15:16

    ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން ކެނދިކުޅުދުއަށް އަތުވެއްޖެ.

    00:00
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލްގައި ކެނދިކުޅުދުއާއި ހޮޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ އާތިފް
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލްގައި ކެނދިކުޅުދުއާއި ހޮޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ އާތިފް
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލްގައި ކެނދިކުޅުދުއާއި ހޮޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ އާތިފް
    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލްގައި ކެނދިކުޅުދުއާއި ހޮޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ އާތިފް