27 Dec 2016, 13:37
މަސައްކަތްކުރުމުގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް އުޅުނު 50 ބިދޭސީން އަތުލައިގަނެފި އެވެ.
މިއަދު ހެނދުނު 9:30 އިން ފެށިގެން ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައި ވަނީ ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭ ތަކުންނެވެ.
ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އިމިގްރޭޝަންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަކަށް އެހީތެރިވެދީފައިވާ ކަމަށާއި ޑޮކިއުމަންޓް ނެތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ޑޮކިއުމަންޓްތައް ބެލުމަށް ފަހު ބައެއް މީހުން ދޫކޮށްލާނޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.