26 Dec 2016, 15:42
ފިނޭންސް މިނިސްޓްރީ މުވައްޒިފުންގެ އޮނިގަނޑަށް ބަދަލުގެނެސް 45 މަގާމެއް އުވާލަން ނިންމައިފި އެވެ.
ފިނޭންސް އިން ބުނީ އެ މިނިސްޓްރީގެ އާ އޮނިގަނޑު އެކުލަވާލައި 45 މަގާމު އުނިކުރަން ނިންމާފައިވާ ކަމަށެވެ. އުނިކުރާ މުވައްޒިފުން އެހެން އޮފީސްތަކަށް ބަދަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަން މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ފިނޭންސްއިން ބުންޏެވެ.
އެބަދަލުތަކުގެ ސަބަބުން އެމިނިސްޓްރީގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ފިނޭންސް އިން ބުނެ އެވެ.
މިފަހަކުން ފިނޭންސް މިނިސްޓްރީގެ މުވައްޒިފުންތަކެއް ވަނީ މަސައްކަތް ހުއްޓާލައި ހަލްތާލުކޮށްފަ އެވެ.