Back
Nov 23, 2025 SUN
SUN

ގެއްލުނު ރަޝިއާގެ ބޯޓުގެ ބައިތައް ބްލެކް ސީ އިން ފެނިއްޖެ

ގެއްލުނު ރަޝިއާގެ ބޯޓުގެ ބައިތައް ބްލެކް ސީ އިން ފެނިއްޖެ
Lead photo

މޮސްކޯ (ޑިސެމްބަރު 25): ބްލެކް ސީގައި އޮންނަ ރިޒޯޓު ރަށެއް ކަމަށްވާ ސޯޗީއިން ނައްޓާލި ފަހުން ގެއްލުނު ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ބޯޓުގެ ބައިތައް ބްލެކް ސީން ފެނިފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

"ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ޓީޔޫ-154 މަރުކާގެ ބޯޓުގެ ބައިތައް ވަނީ ސޯޗީގެ އައްސޭރިފަށުން 1.5 ކިލޯ މީޓަރު ދުރުން، ބްލެކް ސީގެ 50 މީޓަރާއި 70 މީޓަރާ ދެމެދުގެ ފުންމިނުން ފެނިފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

ސޯޗީން ނައްޓާލިތާ 20 މިނިޓު ތެރޭގައި ގުޅުން ކެނޑުނު އެބޯޓުގައި 91 މީހުން ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ރަޝިއާގެ މޮސްކޯއިން ދަތުރުފެށި އެބޯޓަށް ސޯޗީން ތެޔޮ އެޅުމަށް ފަހު ދާން ހަމަޖައްސާފައި އޮތީ ސީރިއާއަށެވެ.

އެބޯޓުގައި ތިބި މީހުންގެ ތެރޭގައި ސިފައިންނާއި، ނޫސްވެރިންނާއި، މަޝްހޫރު އަސްކަރީ ބޭންޑެއް ހިމެނޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެބޭންޑު ސީރިއާއަށް ދަނީ އެގައުމުގައި ތިބި ރަޝިއާ ސިފައިންނަށް ހާއްސަކޮށް ބާއްވާ އާ އަހަރުގެ ހަފްލާއަކަށް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފްތާ ތެރޭގައި ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީއަށް ނިސްބަތްވާ ބޯޓެއް ވެއްޓިފައިވެ އެވެ. ހޯމަ ދުވަހު ހިނގި އެހާދިސާގައި ބޯޓުގައި ތިބި 39 މީހުންގެ ތެރެއިން އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް 16 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވެ އެވެ. (އާރުޓީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics