25 Dec 2016, 12:25
ދެހާސް ސަތާރަ ވަނަ އަހަރުގެ ފެށުން ފާހަގަކުރުމަށް ހޮޓެލް ޖެންގެ ފަރާތުން ޚާއްސަ ޑިނާއަކާއި ކައުންޓްޑައުން ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ހޮޓެލް ޖެންއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ، އެ ހޮޓެލްގެ ދެ ރެސްޓޯރަންޓް ކަމުގައިވާ، ލައިމް ރެސްޓޯރަންޓާއި ޓެރަހުގައި ހުންނަ އަޒޫރް ރޫފްޓޮޕް ރެސްޓޯރަންޓްގައި، ރޭގަނޑުގެ ޚާއްސަ ކެއުމެއް ކުރިޔަށް ދާނެ އެވެ.
ލައިމް ރެސްޓޯރަންޓްގެ އެ ރޭ ތައްޔާރުކޮށްފައި ހުންނާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް އެކުލެވޭ އިންޓަނޭޝަނަލް ސްޓައިލް ބުފޭއެކެވެ. އެ ހޮޓެލްއިން ބުނީ، އާއިލާއާ ނުވަތަ ގާތް ރަހުމަތްތެރިންނާ އެކު ނިއު އިޔާގެ ކެއުމަށް އިންސާފުކުރުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން ހޮޓެލް ޖެންގެ އަޒޫރް ރޫފްޓޮޕް ރެސްޓޯރަންޓްގައި އޮންނާނީ ބާބަކިއު ބުފޭއެއް ކަމަށް ހޮޓެލް ޖެންއިން ބުނެ އެވެ. ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ 7:00 ގައި ޑިނާ ފަށާ އިރު، 9:00 ގައި ލައިވް ޑީޖޭ ހަރަކާތްތައް އޮންނާނެ ކަމަށް ޖެންއިން މައުލޫމާތު ދެ އެވެ.
ަދެ ރެސްޓޯރަންޓްގައި ވެސް، ކަސްޓަމަރު ބޭނުން ވަރަކަށް ކޯކާ ކޯލާ އެއްވެސް އަގަކާ ނުލައި ސާވް ކޮށްދޭނެ ކަމަށް ހޮޓެލް ޖެންއިން ބުނެ އެވެ.
އަދި ދެހާސް ސަތާރަވަނަ އަހަރު ފެށުމުގެ ކައުންޓްޑައުން، 31 ޑިސެމްބަރު 2016 ގެ ރޭގަނޑު 11:59 ގައި، އަޒޫރް ރޫފްޓޮޕްގައި އޮންނާނެ ކަމަށް ވެސް ޖެންއިން ބުނެ އެވެ.

އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ބާއްވާ ރޭގަނޑުގެ ކެއުންތަކުގެ އަގުތަކަކީ، އަޒޫރް ރޫފްޓޮޕް ރެސްޓޯރަންޓުން ނަމަ ބޮލަކަށް 490 ރުފިޔާ، އަދި ލައިމް ރެސްޓޯރަންޓުން ނަމަ ބޮލަކަށް 475 ރުފިޔާ އެވެ. ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް 50 ޕަސަންޓުގެ ޑިސްކައުންޓް ލިބޭ އިރު، ފަސް އަހަރުން ދަށުގެ ކުދިންނަށް ކެއުން އޮންނާނީ މުޅިން ހިލޭ ކަމަށް ހޮޓޭލް ޖެންއިން މައުލޫމާތުދެ އެވެ.
ދެ ރެސްޓޯރަންޓުގެ ވެސް ޖާގަ ލިމިޓެޑް ކަމުން، 7799323 ނަމްބަރަށް ގުޅައި، ޕްރީ ބުކިންގް ހެއްދުމަށް ހޮޓެލް ޖެންްއިން އެދެ އެވެ.