މުދާ ބަރުކޮށްފައި އޮތް އެސްޓީއޯގެ ދޯންޏެއް ރޭގެ ވަގުތެއްގައި ޓީޖެޓީ ސަރަހައްދަށް ފެތިއްޖެ އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ދޯނި ފެތިފައި ވަނީ ރޭ މެންދަމު އެކެއް ޖަހާ އެހާކަންހާއިރު ކަމަށާއި ފެތިފައި ވަނީ "ކަހަނބު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދޯނި ފެތުނު އިރު، އޭގައި ކާޑާއި އެހެނިހެން ތަކެތި ހުންނާނެ ކަމަށާއި، ނަމަވެސް އެ ދޯނީގައި ހުރިި ގިނަ އަދަދެއްގެ މުދާ ގެއްލުމެއް ނުވެ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އެދޯނި ފެތުނީ 3000 ބަސްތާ ކާޑާއި އެހެނިހެން މުދާ ބަރުކޮށްފައި އޮއްވައި، ދޯނީގެ މަޑުލެއް ނެއްޓިގެންނެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު، ދޯނީގެ ފަށަނާއި ދިމާލުން ހަލާކުވެފައި ވާތީ ދިޔަވުން އަދި ވެސް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން ބުނީ ދޯނި އެއްކޮށް އަޑިއަށް ނުގޮސް ހިފެހެއްޓިފައި ވަނީ އަޑިން ގަލެއްގައި ޖެހި، އެ ގާ މަތީގައި ދޯނި ހިފެހެއްޓިފައިވާތީ ކަމަށެވެ.