ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މާރާމާރީ ހިންގާފައި ވަނީ ހުޅުމާލެ އެއް ނަމްބަރު ފުލެޓް ކައިރީގައި ކަމަށާއި މާރާމާރީގައި ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޒަހަމްވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން. ހޮސްޕިޓަލުގައި ވެސް. މިވަގުތު ދެވެން އޮތް މައުލޫމާތަކީ އެއީ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ މާރާމާރީގައި ޒަހަމްވި މީހާ ހޮސްޕިޓަލަށް ވެއްދި އިރު އޭނާގެ މޫނުމަތިންނާއި ބޮލުގައި ލޭ ހުރި ކަމަށެވެ.