މާލޭގެ ގެއެއްގެ ތެރޭގައި ޖުވާކުޅެންތިބި 14 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިރޭ 7:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެ 14 މީހުން ހައްޔަރުކޮށްފައި ވަނީ މާފަންނު ބީޖީ ގަރާޖު ކުރިމަތީ ގޯޅިގަނޑެއްގައި ހުރި ގެއެއްގައި ވަކިން ހަދާފައި ހުރި ތަނަކުން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކޮށް ޖުވާކުޅެން ބޭނުންކުރަން ބޭނުންކުރާ ތަކެއްޗާއި ފައިސާތަކެއް އެތަނުން ހޯދާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.