23 Dec 2016, 17:04
ލީބިޔާގެ އަފްރީގިޔާ އެއާވޭސްގެ ފްލައިޓެއް ހައިޖެކް ކުރުމުގެ ސަބަބުން އެމަޖެންސީގައި މޯލްޓާ އަށް ޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހައިޖެކް ކޮށްފައިވަނީ 118 ފަސިންޖަރުންނާއެކު ލީބިޔާގެ ސެބާ އިން ޓްރިޕޮލީ އަށް ދަތުރުކުރަމުންދިޔަ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ.
މޯލްޓާގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ހައިޖެކްކޮށްފައިވާ ފްލައިޓަކަށްވުން އެކަށީގެންވާ ކަމަށާއި އެކަމުގެ މައުލޫމާތެއް އެމަނިކުފާނަށް ލިިބިލައްވާފައިވާ ކަމަށެވެ.
Informed of potential hijack situation of a#Libyainternal flight diverted to#Malta. Security and emergency operations standing by -JM
— Joseph Muscat (@JosephMuscat_JM)December 23, 2016
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްލައިޓް ގޮއްވާލާނޭ ކަމަށް ބުނެ ފްލައިޓް ހައިޖެކްކުރީ ދެ މީހަކު ވެގެންނެވެ.
މޯލްޓާ އެއާޕޯޓުން ބުނާގޮތުގައި، ހައިޖެކްކޮށްފައިވާ ފްލައިޓް މިހާރު ވަނީ މޯލްޓާއަށް ޖައްސާފައެވެ. ސެކިއުރިޓީ އަދި އެމެޖެންސީ އޮޕަރޭޝަންތައް ފޯސްތައް އޮތީ ތައްޔާރީ ހާލަތުގައެވެ.